ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕޭނެއް ގދ. އަތޮޅުގައި ފަށަނީ

މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕޭނެއް ގދ. އަތޮޅުގައި ފަށަނީ

އެކްސިޑެންޓްތައް މަދުކޮށް މަގުމަތީގެ އަދަބުތަކަށް އާންމުން އަހުލުވެރިކުރުވުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ "ރައްކާ ރޯޑްޝޯ" ގެ ޚާއްސަ ހަރަކާތްތަކެއް ގދ. އަތޮޅުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. "ރަނގަޅުކޮށްލާ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ބޮޑު ކެމްޕޭން އެ އަތޮޅުގައި ކުރިއަށްދާނީ މި އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ރޯޑްޝޯގެ ތެރެއިން އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި ދަރިވަރުންގެ ބައިވެރިވުމާއެކު ތަފާތު ގިނަ އިވެންޓްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ރޯޑް ސޭފްޓީ ވޯކް، ޓީމް ބިލްޑިންގ ހަރަކާތްތައް، "ބީޗް ބްލާސްޓް" އިވެންޓްތަކުގެ އިތުރުން ކުއިޒް މުބާރާތްތަކާއި ބަށި އަދި ބާސްކެޓްބޯޅަ މުބާރާތްތައް ހިމެނެއެވެ. އަދި ސްކޫލް ދަރިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން "ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް" އާއި "ފަހިރާސްތާ" ޕްރޮގްރާމް ވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމުގެ އާދަ އަށަގަންނުވައި ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ސެޝަންތައް ބޭއްވުމުގެ އިތުރުން، އެ އަތޮޅުގެ އެކި ރަށްރަށުގައި ބިލްބޯޑުތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ މި ކެމްޕޭނަކީ ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތަކުގެ އިތުރުން އޫރީދޫ، އެލައިޑް އިންޝުއަރެންސް، އެމްޓީސީސީ، އަވަސް އަދި ހޮންޑާ (ޝީޝާ) ފަދަ އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ މުހިންމު ހަރަކާތެކެވެ. މީގެ ކުރިން ހުޅުމާލޭގައިވެސް މި ރޯޑްޝޯ ވަނީ ކާމިޔާބުކަމާއެކު ބޭއްވިފައެވެ.