އިސްރާއިލަށް ހަމަޖެހުމެއްނެތް، އިރާނުން ފުރަތަމަވެސް ފެށީ ބެލިސްޓިކް މިސައިލުން
މިރެއަށް މަޑުނުކޮށް އިރާނުން އިސްރާއިލަށް ހަމަލާދިނުމަށް ފަށައިފިއެވެ.
ފުރަތަމަ ވެސް ހަމަލާދިނުމަށް ފެށީ ބެލިސްޓިކު މިސައިލުންނެވެ.
އިސްރާއިލަށް ވަރަށް ބޮޑަށް ނަފްރަތު ކުރާ އީރާނުން ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާތައް މިފަހަރު ފޮނުވާލީ އިސްރާއީލްގެ އެކި ހިސާބުތަކަށެވެ. އެ ހަމަލާތައް ބޮޑަށް އަމާޒުކުރީ އިސްރާއީލްގެ އަސްކަރީ މަރުކަޒުތަކާއި އާންމުންނަށް ކައިރި ނުވެވޭ ފަދަ ތަންތަނަށެވެ.
Ads by BMLއޭގެ ތެރޭގައި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމިއްލަ ގެކޮޅެއް ހުންނަ ސަރަހައްދެއް ވެސް ހިމެނެއެވެ. މިސައިލް ހަމަލާ އެ ގެއަށް އަމާޒުވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނޫނެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މިފަހަރު އީރާނުން ފޮނުވާނީ 50 ވަރަކަށް މިސައިލެވެ.
މީގެތެރެއިން ގިނަ މިސައިލްތައް އިސްރާއީލްގެ އެއާ ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން ނައްތާލާފައިވާ ކަމަށްވެއެވެ.
Ads by MACL
