ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއޭސީއެލްގެ ބޯޑުން މިހާދު އާއި ސަހަރު ވަކިކޮށްފި

އެމްއޭސީއެލްގެ ބޯޑުން މިހާދު އާއި ސަހަރު ވަކިކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑުން ދެ މެންބަރަކު މިއަދު ވަކިކޮށްފި އެވެ

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ބުނީ ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ ކުންފުނީގެ ބޯޑުން ވަކިކޮށްފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް ޑިރެކްޓަރު މުޙައްމަދު މިހާދާއި ބޯޑު މެމްބަރު ސަޙަރު ވަޙީދު ކަމަށެވެ.

އެމީހުން ވަކި ކުރި ނަމަވެސް ވަކިކުރުމާ ބެހޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.