ހުޅުމާލޭގައި ހިނގި ބޮޑު އެކްސިޑެންޓެއްގައި އަނިޔާވި 5 މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސައިކަލު ޖެހި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ނިރޮޅުމަގުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:55 ހާއިރުއެވެ. އެކްސިޑެންޓުގައި އެކި ވަރުގެ އަނިޔާތައް ލިބުނު މީހުންގެ ތެރެއިން ތިން މީހަކަށް އެންމެ ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް އެ މީހުންގެ ހާލަތަށް ބަލައި އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
މި ހާދިސާގައި އަނިޔާވި އަނެއް ދެ މީހުންނަށްވެސް އިތުރު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
Ads by BMLމި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
Ads by MACL
