ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ނ. މާޅެންދޫ ދެވަނަ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އަތޮޅުތަކުން: ނ. މާޅެންދޫ ދެވަނަ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

ނ. އަތޮޅު މާޅެންދޫ ދެވަނަ ބަނދަރު ފަރުމާކުރުމާއި ބިނާކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާއިރު، ސައިޓުގައި މިހާރު ކުރިއަށްދަނީ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ މާޅެންދޫގެ އޮޑިދޯނިފަހަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ބަނދަރުގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ނިމުމުން، އެއްގަމުތޮއްޓާއި ބޭރުތޮށި އެތުރުމުގެ މަސައްކަތާއި، ނެރު ފުންކުރުމުގެ މަސައްކަތްތައް ފެށިގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ބަނދަރު ސަރަހައްދުގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތާއި އަދާހަމަތައް އެމްޓީސީސީގެ ޕްރޮޖެކްޓްސް ވެބްސައިޓް އިން އާންމުންނަށް ބަލާލެވޭނެއެވެ.

ރައްޔިތުންގެ ކުންފުނީގެ ގޮތުގައި ފާހަގަކުރެވޭ އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި، ގައުމު ބިނާކުރުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.