ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަރަށް ގިނަ ކޯލް ކުރެވިއްޖެ، ހަނގުރާމަ ހުއްޓާލުމަށް އެދެން: ޓްރަމްޕް

ވަރަށް ގިނަ ކޯލް ކުރެވިއްޖެ، ހަނގުރާމަ ހުއްޓާލުމަށް އެދެން: ޓްރަމްޕް

ޓްރަމްޕް ވިދާޅުވަނީ "ގިނަ ފޯނު ކޯލުތަކާއި ބައްދަލުވުންތައް" ކުރިއަށްދާ ކަމަށާއި، އީރާނާއި އިސްރާއީލުގެ މެދުގައި އެއްބަސްވުމަކަށް އައުމަށް އެދިވަޑައިގަންނަވާ ކަމަށް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނާއި އިސްރާއީލުގެ މެދުގައި "އަވަހަށް" ސުލްޙަ ވެރިކަން ޤާއިމުވާނެ ކަމަށެވެ.
"އީރާނާއި އިސްރާއީލުން އެއްބަސްވުމަކަށް އަންނަން ޖެހޭނެ، އަދި އެއްބަސްވުމަކަށް އަންނާނެ،" ޓްރަމްޕް އޭނާގެ ޓްރޫތް ސޯޝަލް އެޕްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވިއެވެ.

"އަހަރެމެންނަށް އަވަހަށް އިސްރާއީލާއި އީރާނުގެ މެދުގައި ސުލްޙަވެރިކަން ލިބޭނެ! މިހާރު ވެސް ގިނަ ފޯނު ކޯލުތަކާއި ބައްދަލުވުންތައް ކުރިއަށްދޭ،" އިތުރު ތަފްސީލެއް ނުދެއްވައި އޭނާ ލިޔުއްވިއެވެ.

އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފެށީ، އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އެމެރިކާއިން އީރާނާއެކު އައު ނިއުކްލިއަރ މަޝްވަރާތަކެއް ފެށުމަށް ތައްޔާރުވަމުންދަނިކޮށެވެ.

ނަމަވެސް، ހުކުރު ދުވަހު އިސްރާއީލުން ފެށި ބޮޑު ހަމަލާ ފެށުމަށްފަހު ގަޑިއިރުތަކެއްގެ ތެރޭގައި، ޓްރަމްޕް އެ ހަމަލާތައް ސިފަކުރެއްވީ "ވަރަށް ރަނގަޅު" އަދި "ވަރަށް ކާމިޔާބު" ހަމަލާތަކެއްގެ ގޮތުގައެވެ.