އަތޮޅުތަކުން: ހއ. ބާރަ ޕޮލިސް ސްޓޭޝަންގެ ބީމް ޝަޓަރިންގ އާއި ރީއިންފޯސްމަންޓް މަސައްކަތްތައް ކުރިއަށްދަނީ
ހއ. ބާރަ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބީމް ޝަޓަރިންގ އާއި ރީއިންފޯސްމަންޓްގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ރަށްރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ހިންގާ މަޝްރޫޢުތަކުގެ ދަށުން، ބާރާގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ބާރުސްޕީޑްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތަކަށްފަހު، މިހާރު ކުރިއަށްދާ ކޮންކްރީޓް ބީމްތަކުގެ ޝަޓަރިންގ އާއި ދަގަނޑު ބަނދެގެން ރީއިންފޯސް ކުރުމުގެ މަސައްކަތް ނިމުމުން، ދެން ކުރިއަށްދާނީ ކޮންކްރީޓް އެޅުމުގެ މަސައްކަތެވެ.
Ads by BMLޤައުމު ބިނާކުރުމުގެ އެކި މަޝްރޫޢުތައް ހިންގަމުންދާ އެމްޓީސީސީން އަންނަނީ ރަށްރަށުގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުތަކުގެ އިމާރާތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އެ މަރުކަޒުތަކުގެ މަސައްކަތް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތާއި އިތުރު ތަފްޞީލުތައް އެމްޓީސީސީގެ ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
Ads by MACL
