ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިލިމާލެ ކަނޑުއޮޅިން ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވެއްޖެ

ވިލިމާލެ ކަނޑުއޮޅިން ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވެއްޖެ

މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުކުރި ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު ހަވީރު 4:50 އެހައިކަންހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އެކްސިޑެންޓްވި ލޯންޗުގެ ކެޕްޓަނަށާއި އޭގެ ފަޅުވެރިއަކަށެވެ. ނަމަވެސް އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ދެ އުޅަނދަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.