އަތޮޅުތަކުން: ށ. ފުނަދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ބިންގަލުގެ މަސައްކަތްތައް ބާރަށް ކުރިއަށް
ށ. ފުނަދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ސައިޓުގައި މިހާރު ކުރިއަށްދަނީ ސްޓްރިޕް ފުޓިންގ ކޮންކްރީޓް ކުރުމުގެ މަސައްކަތްތަކާއި، ފުޓިންގ ރީއިންފޯސްމަންޓް ނުވަތަ ދަގަނޑު އެޅުމުގެ މަސައްކަތްތަކެވެ. އަދި އޭގެ އިތުރުން ސްޓްރިޕް ބީމް ޝަޓަރިންގގެ މަސައްކަތްތައްވެސް ސައިޓުގައި ހުއްޓުމެއްނެތި ކުރިއަށްދެއެވެ.
ށ. ފުނަދޫގައި ޒަމާނީ ފެންވަރުގެ އާ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަޝްރޫޢަކީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން، އަތޮޅުގެ ރައްޔިތުން ސިއްޙީ ފަރުވާއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
Ads by BMLޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމުގައި އިސްދައުރެއް އަދާކުރާ އެމްޓީސީސީން ވަނީ މި މަޝްރޫޢުގެ އިތުރު މަޢުލޫމާތާއި އެންމެ ފަހުގެ މުހިންމު އަދާހަމަތައް އެ ކުންފުނީގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
Ads by MACL
