ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ރ. އުނގޫފާރު ސްކޫލްގެ 8 ކްލާސްރޫމް އިމާރާތުގެ ފުރަތަމަ ފްލޯގެ ކޮލަމްތަކުގެ މަސައްކަތް ފަށައިފި

އަތޮޅުތަކުން: ރ. އުނގޫފާރު ސްކޫލްގެ 8 ކްލާސްރޫމް އިމާރާތުގެ ފުރަތަމަ ފްލޯގެ ކޮލަމްތަކުގެ މަސައްކަތް ފަށައިފި

ރ. އުނގޫފާރު ސްކޫލުގައި އިމާރާތް ކުރަމުންދާ 8 ކްލާސްރޫމްގެ އާ އިމާރާތުގެ ފުރަތަމަ ފްލޯގެ ސްލެބާއި ބީމް ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް މުޅިން ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ސައިޓުގައި ކުރިއަށްދަނީ ފުރަތަމަ ފްލޯގެ ކޮލަމްތަކުގެ ރީއިންފޯސްމަންޓާއި ޝަޓަރިންގ މަސައްކަތްތަކެވެ.

މި މަޝްރޫއަކީ އުނގޫފާރު ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދީ، ދަރިވަރުންނަށް އުނގެނުމަށް އެކަށީގެންވާ ޒަމާނީ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ތައުލީމީ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއެކެވެ.

ގައުމީ ބިނާކުރުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ އެމްޓީސީސީން އަންނަނީ ރާއްޖޭގެ ތަފާތު އެކި ރަށްރަށުގައި ތައުލީމީ ދާއިރާއަށް ބޭނުންވާ އިމާރާތްތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ހިނގަމުންނެވެ.

މި މަޝްރޫއާ ބެހޭ އިތުރު މައުލޫމާތާއި ކުރިއަށްދާ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަތައް އެމްޓީސީސީގެ މަޝްރޫއުތަކަށް ހާއްސަ ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.