އަތޮޅުތަކުން: އދ. ދިގުރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޖިއޯބޭގް ފެހުމާއި ވެލި އެޅުމުގެ މަސައްކަތް ކުރިއަށްދަނީ
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ޖިއޯބޭގްތަކަށް ވެލި އެޅުމާއި ފެހުމުގެ މަސައްކަތް މިހާރު ސައިޓުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ދިގުރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސައިޓުގައި މިހާރު ދަނީ ޖިއޯބޭގްތައް ފުރުމާއި، އެ ބޭގްތައް ފެހުމުގެ މުހިންމު މަސައްކަތްތައް ކުރަމުންނެވެ.
މި މަޝްރޫޢަކީ ދިގުރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދައިދީ، ރަށުގެ ގޮނޑުދޮށް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި ފަށާފައިވާ މަޝްރޫޢެކެވެ.
Ads by BMLޤައުމީ ކުންފުނި އެމްޓީސީސީން އަންނަނީ ރާއްޖޭގެ ތަރައްޤީއަށާއި ރަށްރަށުގެ އިޖުތިމާޢީ އަދި ޢުމްރާނީ ވަޞީލަތްތައް ހަރުދަނާކުރުމަށްޓަކައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތާއި އިތުރު އަޕްޑޭޓްތައް އެމްޓީސީސީގެ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
Ads by MACL
