ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، އަންހެނެއްގެ އަތް ބިންދައިގެން ގޮސްފި
ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ އަތް ބިންދައިގެން ގޮސް، އިތުރު މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މިއަދު ހަވީރު 16:55 ހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި މި ހާދިސާ ހިނގަން މެދުވެރިވީ، ކުރިއަށް އިން ސައިކަލު ކަހާލައިގެން މަގުމައްޗަށް ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ޖެހުމުން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެ އެންމެންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
Ads by BMLމާލެއާއި ބުރިޖު ސަރަޙައްދުގައި އެކްސިޑެންޓްތައް އިތުރުވަމުންދާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ސަރަޙައްދުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހަތް އެކްސިޑެންޓް ހިނގައެވެ.
Ads by MACL
