ކާނަލް ތޯހިރަށް ފަޚުރުވެރި ކާމިޔާބީއެއް، މުޅި ކޮލެޖުން އެންމެ މޮޅު ދަރިވަރުގެ މަގާމް!
ކޮލެޖް އޮފް އިންޓާނޭޝަނަލް ސެކިއުރިޓީ އެފެއާޒްގެ ގައުމުން ބޭރުން އެންމެ މޮޅު ދަރިވަރެއްގެ ގޮތުގައި ދިވެހި ސިފައިންގެ ކާނަލް ތޯހިރު ހޮވިއްޖެއެވެ.
މީގެ އިތުރުން ކާނަލް ތޯހިރުވަނީ ވޮޝިންގްޓަން ޑީސީގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ސެކިއުރިޓީ ސްޓަޑީޒްގެ މާސްޓަރ އޮފް އާޓްސް ޑިގްރީ ވެސް ހާސިލުކުރައްވާފައެވެ.

Ads by BMLކާނަލް ތޯހިރު އެންމެ މޮޅު ދަރިވަރެއްގެ އެވޯޑް ހޯދިއިރު އޭނާ ވަނީ ޑިސްޓިންގްވިޝް އެވޯޑްވެސް ހާސިލް ކުރައްވާފައެވެ.
މީގެ އިތުރުން ކޮލެޖްގެ އެމްބެސެޑަރސް އެވޯޑް ހޯއްދަވައި، 2025 ވަނަ އަހަރުގެ ކްލާހުގެ ނައިބު ރައީސްގެ މަޤާމު ފުރުއްވެވިއެވެ.
އަދި ކާނަލް ތޯހިރުގެ ޓީމުން ވަނީ އެންޑީޔޫ ސްޓޭޓްކްރާފްޓް މުބާރާތް ކާމިޔާބުކުރައްވައި، ޔޫއެސް އާމީ ވޯ ކޮލެޖްގައި ބޭއްވުނު އިންޓަރނޭޝަނަލް ސްޓްރެޓެޖީ މުބާރާތުގައި އެންޑީޔޫ ޓީމް ތަމްސީލުކުރައްވައި 3 ވަނަ ހޯއްދަވާފައެވެ.
Ads by MACL
