ވިލިމާލޭ މަސްޖިދުއްސަލާމް ހުރިބިމުގައި ދެ ބުރީގެ ޒަމާނީ މިސްކިތެއް އަޅަނީ
ވިލިމާލޭގައި ދިރިއުޅޭ އާބާދީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މަސްޖިދުއްސަލާމް ހުރި ބިމުގައި ދެ ބުރީގެ ޒަމާނީ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އެއްފަހަރާ 1،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތުގައި ނަމާދުކުރާ ބައިގެ އިތުރުން ދީނީ ކަންކަމަށް ޚާއްޞަ ދެ ކުލާސްރޫމާއި އިމާމުންގެ ކޮޓަރިއެއް ހިމެނޭނެއެވެ.
Ads by BMLފިޔަ ފައުންޑޭޝަނުން ބިނާކުރާ މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި އަޅާ އެންމެ ޖާގަ ތަނަވަސް އަދި ފުރިހަމަ އެއް ބިނާއަށެވެ.
މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، މިއީ ވިލިމާލޭ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން އެ އަވަށުގައި ޖާގަ ތަނަވަސް ރީތި މިސްކިތެއް ގާއިމުވެގެންދާނެ ކަމަށެވެ.
Ads by MACL
