ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި

މޭލޭގެ މަގުތަށް ބެލެހެެއްޓުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު --- ފޮޓޯ: ސަން
މޭލޭގެ މަގުތަށް ބެލެހެެއްޓުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު --- ފޮޓޯ: ސަން

މާލޭގެ ބަނަފްސާ މަގުގައި ހުންނަ ގ. ޑްރީމް އޮފް ގާޑަން އަށް ރޭގެ ވަގުތެއްގައި މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނަކު ވަދެ، އެ ގޭގައި ތިބި މީހުން ރަހީނުކޮށް ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައެއް ފުލުހުންގެ އިދާރާއިން ތަހުގީގުކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މޫނު ނިވާކޮށްގެން އެ ގެއަށް ވަން ދެ މީހުން ވަނީ އެ ގޭގައި ތިބި ދެ އަންހެނުންނާއި ފިރިހެނަކު ރަހީނުކޮށް، ވަޅިން ބިރުދެއްކުމަށްފަހު 3 ލައްކަ ރުފިޔާ ފޭރިގަނެފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގަލޮޅުގައި ހުންނަ އެ ގެއަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް އެ އިދާރާއަށް ވަނީ ހުށަހެޅިފައެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކުން އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށެވެ.