ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްޓެލްކޯއިން ހއ. ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތަކާ ރަސްމީކޮށް ހަވާލުވެއްޖެ

ހއ. ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށް އެ ރަށު އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: މިހާރު ނޫސް
ހއ. ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށް އެ ރަށު އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: މިހާރު ނޫސް

ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ. ތުރާކުނުގެ ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމާއެކު، ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކުގައިވެސް ސްޓެލްކޯގެ ޚިދުމަތްތައް މިވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ.

މިކަމަށްޓަކައި ތުރާކުނު އިންޖީނުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެ ރަށުގެ ޔުޓިލިޓީ ޚިދުމަތްތަކާ ހަވާލުވުމުގެ ގޮތުން ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު އެވެ. އަދި އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރު އެވެ.

މި ރަސްމިއްޔާތަކީ އުތުރުގެ ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތްތައް ފުޅާކޮށް، އެ ކުންފުނީގެ ދަށަށް ބަދަލުކުރުމަށްޓަކައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިންގެ ޓީމަކުން ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ރަސްމިއްޔާތެކެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އަތޮޅުތަކުގެ ރަށްރަށުގައި ދެވޭ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް އިތުރުބާރުހުރި، ދެމެހެއްޓެނިވި އަދި ހަރުދަނާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. މި ބަދަލާއެކު ތުރާކުނުގެ ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.