ހުޅުމާލެ ފޭސް 2 ގެ ފިހާރައަކުން އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި!
ހުޅުމާލެ ފޭސް 2 ގެ ފިހާރައަކުން އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައެއްގައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މަޢުލޫމާތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން އެ ފިހާރަ ބަލައިފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރައްވާފައިވާ ގޮތުގައި، ސޯޝަލް މީޑިއާގައި ފެތުރުނު ޚަބަރުތަކާ ގުޅިގެން ފުލުހުން އެ ފިހާރައަށް ގޮސްފައިވަނީ 2026 އޮކްޓޫބަރު 7 ވީ ބުދަ ދުވަހުގެ 18:15 ހާއިރުއެވެ.
އެ ފިހާރަ ބަލައިފާސްކުރި ކުރުމުން، އެހެން ދީންތައް ރަމްޒުކޮށްދޭ ފަދަ 6 ޕޮޓެއް ވިއްކަން ބަހައްޓާފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
Ads by BMLމި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންތައްތައް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުޤީޤު ކުރައްވަމުންނެވެ.
Ads by MACL
