ކާށިދޫ ސިއްޚީ މަރުކަޒުގެ މުވައްޒަފުންނާ މިނިސްޓަރު ޤީލާ ބައްދަލުކުރައްވައިފި!
ކާށިދޫ ސިއްޙީ މަރުކަޒުން ދެމުންދާ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމާ ގުޅޭގޮތުން، މިނިސްޓަރު ޑރ. އާއިޝަތު ޤީލާ އަލީ އެ މަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ކާށިދޫ މަރުކަޒުން ރައްޔިތުންނަށް ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ދަތިތަކާ ބެހޭގޮތުން މިނިސްޓަރު ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
އަދި އެ މަރުކަޒުން ދޭ ޚިދުމަތްތައް ފެންވަރު ރަނގަޅުކޮށް، ފުރިހަމަ ޚިދުމަތެއް ދެވޭނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި ވަނީ ހިޔާލު ބަދަލުކުރެވިފައެވެ.
Ads by BMLމިނިސްޓްރީ އޮފް ހެލްތުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްޙީ މަރުކަޒުތަކުގެ ޙާލަތު ބަލައި، ޚިދުމަތްތައް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Ads by MACL
