ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްރަށްވެހިންގެ ސައްލާ" ގައި ބައިވެރިވެވަޑައިގަތުމަށް ފަސްޓް ލޭޑީ ކާށިދޫއަށް ވަޑައިގެންފި

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކ. ކާށިދޫއަށް ވަޑައިގަތުން. / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކ. ކާށިދޫއަށް ވަޑައިގަތުން. / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ”އިސްރަށްވެހިންގެ ސައްލާ“ ޕްރޮގްރާމްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ކ. ކާށިދޫއަށް ވަޑައިގެންފިއެވެ.

ފަސްޓް ލޭޑީ ކާށިދޫއަށް ވަޑައިގަތުމުން އެ ރަށުން އެކަމަނާއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެކަމަނާގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ އާއި، މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ރަށުން އެކަމަނާއަށް މަރުހަބާ ދެންނެވީ ކާށިދޫ ކައުންސިލްގެ މެންބަރުންނާއި ރަށުގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނެވެ.

މި އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ހާމަކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

ވަކިން ހާއްސަކޮށް، އުމުރުން ދުވަސްވީ މީހުން ނުވަތަ އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް އަޑުއަހައި، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަޅާލުމުގެ މުހިންމުކަން ބޮޑުކަން ފާހަގަކުރުން މި ޕްރޮގްރާމްގެ ތެރެއިން ހިމެނެއެވެ.