ދިގުފެތުމުގެ މުބާރާތުގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓައިފި
ދިވެހިރާއްޖޭގެ ފެތުމުގެ ކުޅިވަރުތަކުގެ ޤައުމީ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި 17 ވަނަ ޤައުމީ ދިގުފެތުމުގެ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން އިސްވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި މަހުގެ 9 އިން 10 އަށް ކުޑަގިރި އައިލެންޑް ރިސޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެމްއެންޑީއެފްގެ ޚާއްޞަ ޓީމުތަކުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ. އެގޮތުން މުބާރާތުގެ ބައިވެރިންގެ ރައްކާތެރިކަމަށްޓަކައި ޑައިވަރުންނާއި ސީ-އެމްބިއުލާންސްގެ ޚިދުމަތް އެ ސަރަޙައްދުގައި ވަނީ ޤާއިމުކޮށްފައެވެ.
މި ހަރަކާތުގައި މާލޭ އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" ގެ އިތުރުން ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ޢަމަލީ ގޮތުން ސެކިއުރިޓީ ބެލެހެއްޓުމުގައި ބައިވެރިވެފައެވެ.
Ads by BML
Ads by MACL
