އައު ކޮންޓްރެކްޓަރާއެކު ވިލިނގިލީ އެއާޕޯޓާއި ރިސޯޓް މަޝްރޫޢު ނޮވެމްބަރުގެ ކުރިން ފަށަނީ
ގއ. ވިލިނގިލީ ފަޅުތެރޭގައި އިންޓަރނޭޝަނަލް އެއާޕޯޓަކާއި 17 ރިސޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް އައު ކޮންޓްރެކްޓަރަކާ ހަވާލުކޮށް، އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ޢަމަލީ ގޮތުން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައި، އެ މަޝްރޫޢު މިއަހަރުގެ ތެރޭގައި ފެށޭނެތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންއެވެ.
ވަޒީރު އަމީން ވިދާޅުވި ގޮތުގައި، ކުރިން މި މަސައްކަތް ހަވާލުކުރި ފަރާތުގެ ބަދަލުގައި އައު ކޮންޓްރެކްޓަރަކާއެކު އެގްރީމަންޓް ހަދައި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ސައިޓުގައި އަމަލީ ގޮތުން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
Ads by BMLވިލިނގިލީ ފަޅުތެރޭގައި އެއާޕޯޓާއި ރިސޯޓުތަކުގެ އިތުރުން އެއާޕޯޓު އަޅާ ރަށާއި ވިލިނގިލި ކޯޒްވޭއަކުން ގުޅާލުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު އެންމެ ފުރަތަމަ ހަވާލުކުރީ ޔޫއޭއީގެ ބުރުޖް ޚަލީފާ އިމާރާތްކުރި ބެލްޖިއަމްގެ ބީސިކްސް ގުރޫޕާއެކުގައެވެ.
Ads by MACL
