ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރިސޯޓެއްގެ މޫދަށް އެރި އުޅެނިކޮށް ގެނބުނު ޗައިނާގެ ދެ ފަތުރުވެރިއަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ރިސޯޓެއްގެ މޫދަށް އެރި އުޅެނިކޮށް ގެނބުނު ޗައިނާގެ ދެ ފަތުރުވެރިއަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ކ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މޫދަށް އެރި އުޅެނިކޮށް ގެނބިގެން  ޗައިނާގެ ދެ ފަތުރުވެރިން ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމަށާއި، އެމީހުންގެ ހާލު މިހާރު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހިނގި މި ހާދިސާގައި މޫދަށް އެރި އުޅެނިކޮށް ގެނބިފައިވަނީ އުމުރުން 28 އަހަރުގެ ޗައިނާ ފިރިހެނަކާއި 29 އަހަރުގެ ޗައިނާ އަންހެނެކެވެ.

މި ދެ މީހުން މޫދަށް އެރި އުޅެނިކޮށް ގެނބެން ފެށުމާއެކު ވަގުތުން ވަނީ ސަލާމަތްކޮށް، އިތުރު ފަރުވާއަށް ހުޅުމާލެއަށް ގެންގޮސް ޓްރީޓޮޕް ހޮސްޕިޓަލަށް އެތުލޫތުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު، އެ ދެ ފަތުރުވެރިންގެ ހާލަތުވެސް މިހާރު ސީރިއަސްއެއް ނޫނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.