ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިރާނަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުއްވެރިކުރަން: ސައުދީ

އިރާނަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުއްވެރިކުރަން: ސައުދީ

ސައުދީ އަރަބިއްޔާގެ ޚާރިޖިއްޔާ ވަޒީރު، އަމީރު ު ފައިސަލް ބިން ފަރްހާން އާލް ސައުދު، އިސްރާއީލުން އީރާނަށް އަމާޒުކޮށް ދެމުންދާ ވައިގެ ހަމަލާތަކާ މެދު ފާޅުކުރައްވާފައިވާ ކަންބޮޑުވުން އަލުން ތަކުރާރުކޮށް، މި ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އަމީރު ފައިސަލް ވިދާޅުވީ މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ޤައުމީ ސަލާމަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.
ތުރުކީގައި މިހާރު ބޭއްވެމުންދާ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަމީރު ފައިސަލް ފާހަގަކުރެއްވީ އިސްރާއީލުގެ މި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން އީރާނުގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ އިސްރާއީލުގެ މި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ.

"މިއީ މުޅި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ނުރައްކަލެއް،" އަމީރު ފައިސަލް ވިދާޅުވިއެވެ.
އަމީރު ފައިސަލް ވަނީ އީރާނުގެ ހަމަލާތައްވެސް ހަމައެފަދައިން ކުށްވެރިކުރައްވައި، އިސްރާއީލުން އީރާނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އަދި ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ޙައްލުކުރުމަށްޓަކައި ދިޕްލޮމެޓިކް މަޝްވަރާތަކަށް އިސްކަންދީ، ސުލްޙަވެރި ދެމެދުވެރިކަމެއްގެ ތެރެއިން މައްސަލަތައް ނިންމުމަށް އަމީރު ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.