އަންނަން އޮތް ފިނިމޫސުމަށް އެއާޕޯޓުގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ވިންޓާ ރެޑިނެސް" ބައްދަލުވުން ބާއްވައިފި
އަންނަން އޮތް 2026/2027 ގެ ފިނިމޫސުމުގެ ދުވަސްވަރު އެއާޕޯޓުގެ ޚިދުމަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ތަރުތީބުކުރުމުގެ ގޮތުން "ވިންޓާ ރެޑިނެސް 2026/2027" ކިކްއޮފް ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކުރިއަށް އޮތް ފިނިމޫސުމުގައި އެއާޕޯޓަށް ކުރިމަތިވެދާނެ އޮޕަރޭޝަނަލް ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމެވެ. އަދި އެކި ޓީމުތަކުން އިސްކަންދޭނެ މުހިންމު ދާއިރާތައް ކަނޑައަޅައި، މަސައްކަތްތައް އެއް މިސްރާބަކަށް ހަމަޖެއްސުމެވެ.
މީގެއިތުރުން، އެއާޕޯޓުގެ ތަފާތު ޑިޕާޓްމަންޓްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މާހައުލެއް ގާއިމުކުރުމަށް މުހިންމު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.
Ads by BMLމި މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ ފިނިމޫސުމުގެ ދުވަސްވަރު އެއާޕޯޓުން ޚިދުމަތް ހޯދާ އެންމެހައި ދަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި، އޮމާން އަދި ފުރިހަމަ ޚިދުމަތެއް ކަށަވަރުކޮށްދިނުމެވެ.
Ads by MACL
