ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ގަތަރު، ސައުދީ، ކުވައިތު އަދި ޔޫއޭއީގައި އެމެރިކާގެ ބާރުހިނގާ ގޮތަށް އަސްކަރީ ބޭސްތަކާއި ފައިޓާ ޖެޓުތައް ގާއިމްކޮށްފައިވޭ!
އެމެރިކާގެ އަސްކަރީ ބޭސްތަކާއި، ފައިޓާ ޖެޓުތައް އެކުވެރި އަރަބި ގައުމު ތަކުގައި ގާއިމް ކޮށްފައިވާކަން ހާމަވެއްޖެއެވެ.
ގަލްފް ސަރަޙައްދުގައި އެއަރ ފޯސްގެ ފަސް އަސްކަރީ ބޭސްތައް ގާއިމްކޮށްފައިއެވެ. އެގޮތުން 2 ބޭސް ވަނީ ކުވެއިތުގައި ގާއިމް ކޮށްފައެވެ. އަދި 1 ބޭސް ޔޫ.އޭ.އީ އަދި ސައުދީ އަރަބިއްޔާގައި ވެއެވެ. މީގެ ތެރޭގައި އެފް-15 އަދި އެފް-16 ފައިޓަރ ޖެޓްތަކުގެ ސްކޮޑްރަންތައް ހިމެނެއެވެ.
ޤަޠަރުގައި ޤާއިމުކުރެވިފައިވާ ފަސްވަނަ އެއަރ ފޯސް އެކްސްޕެޑިޝަނަރީ ވިންގްގައި އަމިއްލަ ހަމަލާދޭ ޤާބިލިއްޔަތުތަކެއް ނެތްނަމަވެސް، މި ސަރަޙައްދުގައި ހުރި އެއަރ ފޯސްގެ ޔުނިޓްތަކަށް ފުޅާ ދާއިރާއެއްގައި އިންޓެލިޖެންސް އަދި ވައިގެ ތެޔޮ އެޅުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.
ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ވައިގެ ދިފާޢީ ސައިޓްތަކުގެ އަދަދު އިތުރުވެފައިވެއެވެ.
Ads by BMLކުވެއިތުގައި މުޅިންއަލަށް ސައިޓްތައް ބިނާކުރެވި، އަދި ޤަޠަރުގައި އިތުރު މިސައިލް ދިފާޢީ ނިޒާމެއް ޤާއިމުކުރުމުގެ ބޭސްއެއް ގާއިމް ކޮށްފައިވެއެވެ.
އެންމެ ބޮޑު ބޭސްއެއް ގާއިމްކޮށްފައިވަނީ ބަހުރެއިންގައެވެ. މިތަނުގައި މިސައިލް ރައްކާކޮށް، ދިފާއީ ނިޒާމާއި އިޓެލިޖެންސް ބިއުރޯގެ އިތުރުން އަސްކަރީ އުޅަނދުތައް ގުދަންކޮށްފައިވެއެވެ.
އެކުވެރި އަރަބި ގައުމުތަކުގައި އެމެރިކާގެ ބާރު ހިނގާގޮތަށް އަމިއްލަ ވައިގެ ވިންގްތަކާއި، ޔަމަނުގެ އައްސޭރިފަށުން ފެށިގެން އެތެރެއަށް ވަރަށް ދުރަށް ހަމަލާދެވޭ ފަދަ ޤާބިލިއްޔަތު ހުރި އުޅަނދުތަކުގެ އަސްކަރީ ބާރެއް ހިމެނެއެވެ.
Ads by MACL
