ޕްރޮޖެކްޓް މެނޭޖްމަންޓުގެ ބައިނަލްއަޤްވާމީ ވިއުގައިގެ ތެރެއަށް އެމްޓީސީސީ!
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި މި މަހުގެ 12 އިން 13 އަށް ކުރިއަށްދިޔަ، ޕީއެމްއައި މެލޭޝިއާގެ "ޕްރިޒަމް އެންޑް އިގްނައިޓް 2026" (PRISM & IGNITE 2026) ކޮންފަރެންސްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެއްޖެއެވެ.
މި ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ ކުންފުނީގެ ޗެއަރޕާސަން އަލްފާޟިލާ ސާޢިދާ އިބްރާހީމް އެވެ. އޭނާގެ އަރިހުގައި ސީނިއަރ ޖެނެރަލް މެނޭޖަރ އަލްފާޟިލް ޢުމަރު ޒާހިރު، ޖެނެރަލް މެނޭޖަރ އަލްފާޟިލް އިބްރާހީމް ޙަސަން، އަދި ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން (ސީޑީޑީ) ގެ ޒޯން މެނޭޖަރުން ބައިވެރިވެވަޑައިގަތެވެ.
"ޕްރޮޖެކްޓް މެނޭޖަރަކީ އޯކެސްޓްރޭޓަރެއްގެ ގޮތުގައި: ޕްރޮޖެކްޓްގެ އަގުވަޒަންކުރުމުގެ ބަލަދުވެރިޔާ" (Project Manager as Orchestrator: The Guardian of Project Value) މި ޝިއާރުގެ ދަށުން ބޭއްވި މި މަހާސިންތާގައި، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ މާހިރުންނާއި، ސިނާޢީ އިސްވެރިން އަދި އާ އީޖާދުތައް އުފައްދާ ފަރާތްތައް އެއްތަނަކަށް އެއްވެ، މުހިންމު ދާއިރާތަކަކުން ޚިޔާލު ބަދަލުކޮށްފައިވެއެވެ.
Ads by BMLއޭގެ ތެރޭގައި ނަތީޖާނެރެދޭ ޕްރޮޖެކްޓް ލީޑަރޝިޕް، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ތަރައްޤީ، ސްޓްރެޓީޖިކް ގުޅުންތައް އަދި އަގުވަޒަންކުރުމުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުން ހިމެނެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި ކޮންފަރެންސްގައި ބައިވެރިވުމުގެ ސަބަބުން ކުންފުނީގެ ޕްރޮޖެކްޓްތައް ހިންގުމުގެ ނިޒާމު (Project Governance) އިތުރަށް ހަރުދަނާކުރުމަށާއި، މަސައްކަތްތައް ވިލަރެސްކުރުން ހަރުދަނާކުރުމުގެ އިތުރުން މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް ބޭނުންވާ ފަންނީ އަދި ޒަމާނީ މުހިންމު ވިސްނުންތަކެއް ވަނީ ލިބިގެންގޮސްފައެވެ.
މިއީ އެމްޓީސީސީން ކުރިއަށްގެންދާ އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް ފުރިހަމަކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
Ads by MACL
