ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުލުފުލުގައި އިރާންގެ ބާރުގަދަ މިސައިލްތައް ޔަހޫދީ އިސްރާއިލަށް، މިއަދުމީ އިސްރާއީލަށް ބިރުބޮޑު ދުވަހެއް!

ފުލުފުލުގައި އިރާންގެ ބާރުގަދަ މިސައިލްތައް ޔަހޫދީ އިސްރާއިލަށް، މިއަދުމީ އިސްރާއީލަށް ބިރުބޮޑު ދުވަހެއް!

އެމެރިކާއިން އިރާނުގެ ނިއުކްލިއަރ ބޭސްތަކަށް ހަމަލާ ދިނުމާއި ގުޅިގެން އިރާނުގެ ވަރުގަދަ މިސައިލް ހަމަލާތަކެއް އިސްރާއީލަށް ދޭންފެށުން ބޮޑެތި ގެއްލުންތަކެއް ވާންފަށައިފިކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުގެ ސިފައިންގެ ބަޔާނުގައި ވާގޮތުން، އީރާނުން ދެ ބުރަކަށް ޖުމްލަ 27 މިސައިލް ދޫކޮށްފައިވެއެވެ. ފުރަތަމަ ބުރުގައި 22 މިސައިލް އަދި ދެވަނަ ބުރުގައި 5 މިސައިލް ދޫކޮށްފައިވެއެވެ.
އަމާޒުކުރެވުނު ސަރަޙައްދުތަކަކީ ވަރަށް ބޮޑު ސަރަޙައްދުތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ އިސްރާއީލުން އަތުލާފައިވާ ސީރިއާގެ ގޯލަން އުސްބިމުން ފެށިގެން، އަޕަރ ގެލިލީ އަދި އުތުރާއި މެދު ސަރަޙައްދުގެ ކަނޑުކައިރި ހިސާބުތަކެވެ.

10 ސަރަޙައްދަކަށް ސީދާ މިސައިލުގެ ހަމަލާތައް އަމާޒުވެފައިވެއެވެ. އަދި މި ސަރަޙައްދުތަކުގައި، ޚާއްޞަކޮށް ތެލްއަވީވް އަދި ހައިފާ ސަރަޙައްދުގައި ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ މިހާ ގާތްގާތުގައި އިރާންގެ ހަމަލާއައި ފުރަތަމަ ފަހަރުއެވެ. އާންމުކޮށް ކޮންމެ މިސައިލް ބުރެއްގެ ދެމެދުގައި ގަޑިއިރުތަކެއްގެ ހުސްވަގުތު އޮވެއެވެ. މި ފަހަރު އެއީ ބައި ގަޑިއިރަށްވުރެ މަދު ވަގުތެކެވެ.