ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި: ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ

ވިއްސާރަ ދުވަހެއް / ފޮޓޯ: ސަން އޮންލައިން
ވިއްސާރަ ދުވަހެއް / ފޮޓޯ: ސަން އޮންލައިން

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެ އިދާރާއިން ހާމަކުރެއްވި ގޮތުގައި މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:15 އިން ފެށިގެން މިރޭ 19:00 ގެ ނިޔަލަށެވެ. އަދި ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]

https://twitter.com/MetMaldives/status/2110278246625669127

މި ވަގުތުތަކުގައި ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. އެހެންނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑުގަދަވާނެ ކަމަށް ބެލެވެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.