ރާއްޖޭގެ މައިދޮރާށި، އެއާޕޯޓު އާ ޓާމިނަލް ހުޅުވުމުގެ އެންމެފަހުގެ ތައްޔާރީތައް، މިއީ ދިވެހިރާއްޖެއަށް ލިބޭ ފަޚުރެއް!
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހު، ހުޅުވަން ތައްޔާރުވަމުން އަންނަ 7.5 މިލިއަން މީހުންނަށް ހިދުމަތްދެވޭ އާ ޓާމިނަލްގެ އެންމެ ފަހުގެ މަސައްކަތްތައް އެމްއޭސީއެލުން މީޑިއާ ތަކާއި ހިއްސާކޮށްފިއެވެ.
މީޑިއާ ގާލާނައިޓްގައި ވަރަށް ތަފްސީލުކޮށް މި ޓާމިނަލްގެ އެންމެ ފަހުގެ ތައްޔާރީތަކާއި، އެމްއޭސީއެލްގެ މަސައްކަތްތައް އެމްޑީ ޝަރީފް ކިޔައިދެއްވީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ.

Ads by BMLމީޑިއާތަކާއިއެކު ގާތްގަނޑަކަށް 3 ގަޑިއިރު ހޭދަކުރެއްވިއިރު މިޓާމިނަލްގެ ނޭނގޭ އެއްވެސް ވާހަކައެއް ނެތެވެ. މިއީ މިހާތަނަށް ކުންފުންޏަކުން މީޑިއާތަކާއިއެކު މިހާ އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރެއްވި ފުރަތަމަ ފަހަރެވެ.
ތެދެކެވެ. ހަމަހުރެ ބަހައްޓާފަ މުޅިޓާމިނަލް ހުޅުވާލުމުން ދިމާވެދާނެ ހުރަސްތައް ވެސް ކިޔައިދެއްވިއެވެ. ދުނިޔޭގެ މަޝްހޫރު ޓާމިނަލްތައް އެއްކޮށް ހުޅުވާލުމުން އޮޕަރޭޝަންސް ހުއްޓި ބޮޑެތި ގެއްލުންތަކާއި ކުރިމަތިވި ކަން ޝަރީފް ކިޔައިދެއްވީ މިސާލާއިއެކުއެވެ.

ދިވެހި ގައުމީ އެއާލައިނުން ފުރަތަމަ ހިދުމަތް ދިނުމަށް ފަށައި، ދަތިތައް ހައްލުކޮށް ދެން 9 ވަރަކަށް އެއާލައިނަށް ހިދުމަތް ދިނުން އެއީ ރޭވިފައިވާ މޮޅުގޮތެއްކަމަށް ހުރިހާ ބޭފުޅުންނަށްވެސް އިއްތިފާގުވެވުނެވެ.
އާ ޓާމިނަލްގައި 48 ޗެކިން ކައުންޓަރު ހުރެއެވެ. އަދި ފުރާ މީހުންނަށް ހާއްސަކޮށްގެން އިމިގްރޭޝަންގެ 20 ކައުންޓަރު، އަންނަ މީހުންނަށް ހާއްސަކޮށް 28 ކައުންޓަރު ހުރެއެވެ. އެއާޕޯޓުގައި ކަސްޓަމްގެ ހަ ބެލްޓު ގާއިމުކޮށްފައިވެއެވެ. އާ ޓާމިނަލްގެ އެންމެ ތިރި ހާއްސަކޮށްފައިވަނީ ފުރަން އެއާޕޯޓަށް ދާ މީހުންނަށް ހާއްސަ ޗެކިން ކައުންޓަރުތަކުން ޗެކިންވުމަށެވެ.

މިހާރުގެ ޓާމިނަލްއާއި ހިލާފަށް ބޮޑު ޖާގައެއް ޗެކިން ކައުންޓަރު ތަކުގެ ބޭރުން ހިމެނިފައިވާއިރު ހިތްހަމަޖެހިގެން އާއިލާތަކާއިއެކު ވަގުތު ހޭދަކުރެވޭނެއެވެ.
ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެއާޕޯޓުގެ ކަންކަން އަލަށް ފަށާއިރު، އޮޕަރޭޝަނަލް ރެޑްނަސް އެންޑް އެއާޕޯޓު ޓްރާންސްފާ (އޯއާރުއޭޓީ) ކިޔާ މަރުހަލާއެއް ފުރިހަމަ ކުރަން އޮންނަ ކަމަށެވެ. އެމަގުން ކޮންސަލްޓެންޓެއްގެ އެހީތެރިކަމާއިއެކު ފުރިހަމަ މަސައްކަތެއް ދަނީ ނިމެމުންނެވެ.

ޝަރީފް ވިދާޅުވީ ހަފްތާއެއް ނޫނީ ދެ ހަފްތާވަރު ފަހުން އާ ޓާމިނަލަށް ގެނައުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް އެވްރެޖްކޮށް 200 ފަސެންޖަރުން އިތުރުނުވާ ވަރުގެ އެއާލައިންތައް ކަމަށެވެ. ނެރޯ ބޮޑީގެ މަތިންދާ ބޯޓުތައް ޓާމިނަލަށް ޓްރާންސްފާކޮށް ނިމުމުން ވައިޑް ބޮޑީގެ މަތިންދާ ބޯޓުތައް ވެސް އާ ޓާމިނަލަށް ބަދަލު ކުރެވޭ ވަރު ވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އޮރަޓް ކޮންސަލްޓަންޓް ދެއްވާ އިރުޝާދާއި ލަފާ އާއި އޮރަޓް ސްޓްރެޓަޖީ ބޭނުންކޮށްގެން އަޅުގަނޑުމެން އާ ޓާމިނަލަށް ހުރިހާ މަތިންދާ ބޯޓެއް ގެންނާނީ. ޔަގީންކުރައްވާ އިރާދަކުރެއްވިއްޔާ ސީޒަންގައި މުޅިން އާ ޓާމިނަލް ބޭނުން ކުރާނީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބޭރުގެ ގިނަ އެއާޕޯޓުތަކާ ހިލާފަށް ވެލާނާ އެއާޕޯޓަށް ބޭނުންވާ ހުރިހާ މުނިސިޕަލް ހިދުމަތެއް ދެނީ ވެސް މި އެއާޕޯޓުން ކަމަށެވެ. ރާއްޖޭގެ ބޮޑު ރަށަކަށްވުރެ ކަރަންޓާއި ފެނުގެ ހިދުމަތާއި ނަރުދަމާ ނިޒާމުގެ ހިދުމަތާއި ކުނި މެނޭޖް ކުރުމުގެ ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އާ ޓާމިނަލްއާ އެކުގައި ކަރަންޓު ބޭނުން ކުރެވޭ މިންވަރު ވެސް ފުދޭ ވަރަކަށް މައްޗަށް ދާނެތީ އެކަމަށް ވަރަށް ކުރީ ބައިގައި ތައްޔާރުވާން ޖެހުނު ކަމަށް ވިދާޅުވިއެވެ.
"ވަރަށް ގިނަ މީހުންނަށް ފެންނާނީ ފަސެންޖަރުން ލަފާފުރާ ތަނެއްގެ ގޮތުގައި. އެކަމަކު އޭގެ ފަހަތުގައި ރާއްޖޭގެ ބޮޑު ރަށަކަށް ވުރެ މުނިސިޕަލް ހިދުމަތް ދޭން ޖެހުނު ތަނެއް މިއީ." އާ ޓާމިނަލަށް ފެން ގެންދިއުމުގެ ހިދުމަތް އިއްޔެ ތައާރަފްކުރި ކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވިއެވެ.
Ads by MACL
