ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން "ކެރިއަރ ކޮމްޕަސް" ސެޝަނެއް ބާއްވައިފި

"ކެރިއަރ ކޮމްޕަސް" ޕްރޮގްރާމުގެ ސެޝަން / ފޮޓޯ: ޕެންޝަން އޮފީސް
"ކެރިއަރ ކޮމްޕަސް" ޕްރޮގްރާމުގެ ސެޝަން / ފޮޓޯ: ޕެންޝަން އޮފީސް

ސްކޫލް ނިންމާލުމަށްފަހު އަމަލީ ދިރިއުޅުމަށް ދަރިވަރުން ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މައުލޫމާތު ދިނުމަށް، ޕެންޝަން އޮފީހުން އިސްނަގައިގެން ކުރިއަށްގެންދާ "ކެރިއަރ ކޮމްޕަސް" ޕްރޮގްރާމުގެ ސެޝަނެއް ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް ބާއްވައިފިއެވެ.

މި ސެޝަނަކީ ދަރިވަރުން ތަޢުލީމީ މަރުޙަލާ ނިންމައި، ވަޒީފާގެ ބާޒާރަށް ނުވަތަ ދިރިއުޅުމުގެ އަމަލީ މައިދާނަށް ނުކުންނައިރު ބޭނުންވާނެ މުހިންމު ދާއިރާތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވާ މައުޟޫޢުތަކުގެ ތެރޭގައި ކެރިއަރ ޕްލޭނިންގ ނުވަތަ މުސްތަޤްބަލުގައި ކުރިއަށްދާނެ ދާއިރާއެއް ރޭވުމާއި، ވަޒީފާއަށް ކުރިމަތިލާއިރު ބޭނުންވާ ފުރިހަމަ ސީވީ އެއް ތައްޔާރުކުރާނެ ގޮތް ހިމެނެއެވެ.

މީގެ އިތުރުން، މާލީ ދާއިރާއަށް ހޭލުންތެރިކުރުމުގެ ގޮތުން ރިޓަޔަރމަންޓް ޕްލޭނިންގގެ އަސާސްތައް ނުވަތަ މުސްކުޅިކުރާ ދުވަހަށް ދުރާލާ މާލީގޮތުން ތައްޔާރުވާނެ ގޮތްތަކާ ބެހޭގޮތުން ދަރިވަރުންނަށް ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައެވެ.

މި ހަރަކާތަކީ ދަރިވަރުންނަށް ހަމައެކަނި ފޮތުން ލިބޭ ތަޢުލީމުގެ އިތުރުން، އަމަލީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންކުރެވޭނެ ފަދަ މުހިންމު ހުނަރުތަކާއި ޢިލްމު އުނގަންނައިދިނުމަށް ކުރިއަށްގެންދެވުނު ކާމިޔާބު ސެޝަނެކެވެ.