ފެނަކައިން އަފީފްގެ ދައުރު ނިމުމަކަށް ގެނެސް މުޅި ކުންފުނި ސްޓެލްކޯގެ ބެލުމުގެ ދަށަށް!
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފް ހުސައިން އެ މަގާމުން ވަކިކޮށް، އެ ކުންފުނި އުވާލައި ހިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ މއ. ވޭސައިޑް 304 ފްލެޓް، މުހައްމަދު އަފީފް ހުސައިން ފެނަކައިގެ އެމްޑީކަމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ވަކިކުރަން ނިންމާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.
އަފީފް ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަނުކުރެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު، ކުރިން އެ މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
Ads by BMLމާލީ ބޮޑެތި ދަރަނިތަކެއް އޮތް ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުނީގެ ދަށުން ދެމުން އަންނަ ހިދުމަތްތައް ބަދަލުކުރުމުގެ ކުރިން އަތޮޅުތަކުގެ ރަށްރަށުގެ ހާލަތު ބެލުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ.
Ads by MACL
