ސައިލާ ރޭސް ނިންމާލީ، ލިބުނު ކާމިޔާބަށް ހަމްދު ކުރަމުން، ތަފާތު މަންޒަރެއް!
މައިދާނުން ފެންނަ ކާމިޔާބީގެ އުފާފާޅުކުރުންތަކަކީ އާންމުކޮށް ހަޅޭކުގެ އަޑާއި، ފުންމައިގަތުމާއި، އުފާވެރިކަމުގެ ނެށުންތަކުން ފުރިގެންވާ މަންޒަރުތަކެކެވެ. ނަމަވެސް، މިއަހަރުގެ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ގެ 16 އަހަރުން ދަށުގެ އަންހެން ކުދިންގެ 800 މީޓަރު ދުވުމުގެ ފައިނަލް ރޭސް ނިމުނު ވަގުތު، މުޅި ކުޅިވަރު އެކުވެނި ސިއްސުވާލީ މުޅިން ތަފާތު، އަދި އެހާމެ އަސަރުގަދަ މަންޒަރަކުންނެވެ. އެއީ ހިތްތަކަށް ފުން އަސަރެއް ކުރުވި، ޝުކުރުވެރިވުމުގެ ނަމޫނާ މަންޒަރެކެވެ.
ނޭވާ ހިފަހައްޓާލަންޖެހުނު ފޯރިގަދަ ކުރިމަތިލުމެއް
ބަޑީގެ އަޑާއެކު ފެށުނު 800 މީޓަރުގެ މި ރޭހަކީ ނޭވާ ހިފަހައްޓާލަންޖެހުނު ފޯރިގަދަ ކުރިމަތިލުމެކެވެ. ވާދަވެރި ދުވުންތެރިންގެ ފަހަތުން، ދަނޑުގެ ވައިރޯޅިތަކާ ހަނގުރާމަކުރަމުން، ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ގެ ޢާއިޝަތު ސައިލާ އާދަމް ކުރިއަށް ދިޔައީ ހިތުގައި ހިފަހައްޓައިގެން ހުރި ރަން މެޑަލްގެ އުންމީދުގައެވެ.
އޭނާގެ ކޮންމެ ފިޔަވަޅަކުން ފެނުނީ ކާމިޔާބީއަށް ހުރި ފެންބޮވައިގަތުމެވެ. މުޅި ދަނޑު އެކީ ގޮވައިގަތީ ރޭސް ނިންމި ރެކޯޑް ވަގުތާއެކުގައެވެ. އެންމެ 2 މިނެޓާއި 40 ސިކުންތުން އޭނާ ރޭސް ނިންމައި، ފިނިޝިންގ ލައިން ހުރަސްކުރި ވަގުތަކީ މުޅި ދަނޑުގައި ތިބި ސަޕޯޓަރުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުވާލި ވަގުތެކެވެ.
Ads by BMLކަކޫ މައްޗަށް ތިރިވެ، ﷲއަށް ހަމްދުކުރުން: ތަފާތު މަންޒަރެެއް
ރޭސް ނިންމާލި ފިނިޝިންގ ލައިނުގެ މަތީގައި، މުޅި ދަނޑު ގުގުމައިގެންދިޔަ ހަޅޭކުގެ އަޑާއި، ކާމިޔާބީގެ އުފާވެރި ޒުވާރީގެ ތެރެއިން، ސައިލާ އެންމެ ފުރަތަމަވެސް ދައްކާލީ އިންސާނީ ހިތްތަކުގެ އެންމެ ފުން ނާރާ ކުޅެލި، ކަރުނުން ފުރިގެންވީ ޢިބުރަތްތެރި މަންޒަރެކެވެ. ދުވެލީގެ ބާރުމިނުގައި އައިސް ހަށިގަނޑަށް ވެރިވެފައިވީ ވަރުބަލިކަމުގެ ބަރު ނޭވާތަކާއެކު، އޭނާގެ ހަށިގަނޑުން ހިތްވަރުގެ އެންމެ ފަހު ތިކިވެސް ހުސްވެފައިވާ ފަދައެވެ. ނަމަވެސް، ކާމިޔާބީގެ ބޮޑާކަމެއް ނެތި، މަޑުމޮޅިކަމާއެކު އޭނާ ކަކޫ މައްޗަށް ތިރިވީ ގަލޮޅު ދަނޑުގެ ރަތް ޓްރެކްގެ މައްޗަށެވެ. މޭމަތީގައި ޝަރަފާއެކު ވިދަމުންދިޔަ ބިބް ނަންބަރު 134 އާއެކު، ތުރުތުރުއަޅަމުންދިޔަ ދެއަތް އުޑުމައްޗަށް އުފުލާލީ، މި ހަކަތައާއި ފުރުޞަތު ދެއްވި ޚާލިޤުވަންތަ ރައްބުގެ ހަޟްރަތަށެވެ.
އެ ވަގުތަކީ މުޅި ދަނޑުގައި ތިބި އެތައް ހާސް ބައެއްގެ ނޭވާ ހިފަހައްޓާލަންޖެހުނު، އަދި ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުވާލި ހިނދުކޮޅެކެވެ. ކަރުނުން ތެމިފައިވީ ދެލޮލުން އުޑާ ދިމާއަށް ބަލަހައްޓައިގެން ހުރެ ، އެ ހޯދުނު ތާރީޚީ ރަން މެޑަލްގެ ޙަޤީޤީ ޝުކުރުވެރިކަން އަދާކުރަމުން ދިޔައިރު، އެ މަންޒަރު ވެގެންދިޔައީ މުޅި މުބާރާތުގައިވެސް ފެނުނު އެންމެ އަސަރުގަދަ މަންޒަރަށެވެ.
އަމިއްލަ ނަފްސުގެ ބާރާއި، މަސްތަކުގެ ހަކަތައަށްވުރެ ބޮޑަށް، ކާމިޔާބީގެ ޙަޤީޤީ ސިއްރަކީ މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުކަން މުޅި ޤައުމަށް ހަނދާންކޮށްދެމުން، ސައިލާ އެ ކޮށްދިނީ ކުޅިވަރުގެ އަޚްލާޤާއި އީމާންތެރިކަމުގެ އެންމެ މަތިވެރި މިސާލެވެ. އެއީ ހަމައެކަނި ދުވުމެއްގެ ނިމުމެއް ނޫނެވެ. އެއީ ނަފްސުގެ ކިޔަމަންތެރިކަމާއި، ޝުކުރުވެރިވުމުގެ ފުރިހަމަ ލާލެކެވެ.
ނުގުޑާފަދަ ޢަޒުމެއްގެ ފޮނި މޭވާ
އެތައް މަހެއްގެ ވަރުބަލިކަމެއް ނެތް ގުރުބާނީއާއި، ފަތިހުގެ ފިނިފޮދުގެ ތެރޭގައި ކުޅުދުއްފުށީގެ ހިރަފުސް މަގުތަކާއި ޓްރެކްތަކުގައި އޮހޮރުވި ކޮންމެ ދާބިދެއްގެ ފޮނި ނަތީޖާ، މިއަދު މިވަނީ ރަން މެޑަލްގެ ބާބުން ވިދާލާފައެވެ.
މި ކާމިޔާބީގެ ތާޖު ބޮލުގައި އަޅައި، ސައިލާ އެވަނީ ދިވެހި ކުޅިވަރުގެ ތާރީޚުގެ ފަތްފުށްތަކުގައި އޭނާގެ ނަން ރަން އަކުރުން ފަވާލާފައެވެ. އޭނާ މުޅި މުޖުތަމައަށް ދޫކޮށްލި އަގުހުރި ފިލާވަޅަކީ، ހިތްވަރާއި ކެތްތެރިކަމުގެ ހުންގާނުގައި ހިފާ، ކާމިޔާބީގެ އުސްމިންތަކުގައިވެސް ބިމުން ފައިނުކަނޑާ، ޝުކުރުވެރިވުމުގެ މަތިވެރި ސިފަ އަށަގަންނުވައިފިނަމަ، ކުރިމަތިވާ ކޮންމެ ތޫފާނެއްވެސް ކަޑައްތުކުރެވިދާނެ ކަމެވެ.
އަފީފުއްދީން ސްކޫލުގެ ނިޝާނަށާއި، އުފަން ފަސްގަނޑަށް އަދި ލޯބިވާ އާއިލާއަށް ހޯދައިދިން މި ހާއްސަ ޝަރަފަކީ، މުޅި ގައުމުގެ ހިތްތަކަށް އުފާވެރިކަމުގެ ރާޅުބާނިތައް ދަމާލި ފަޚުރެކެވެ. ސައިލާ އެވަނީ މާޔޫސްކަމުގައި ތިބި ޒުވާން އެތުލީޓުންގެ ހިތްތަކުގައި އާ އުންމީދެއްގެ ދިރުން އުފައްދައި، ހިތްވަރާއެކު ފިޔަވަޅު އަޅައިފިނަމަ ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސޭނެކަން ކަނޑައެޅިގެން ސާބިތުކޮށްދީފައެވެ.
މިއީ ހަމައެކަނި ފެށުމެކެވެ. ސައިލާގެ ދުވެލި މިއަދު ހުރީ ރާއްޖޭގެ ބޯޑަރުތައް ފަހަނައަޅައި، ބައިނަލްއަގުވާމީ މައިދާނުގެ އުޑުމަތީގައި ދިވެހި ފަޚުރުވެރި ދިދަ ޝަރަފާއެކު ވިހުރުވާލުމުގެ ވަރުގަދަ މިސްރާބެއްގައެވެ.
Ads by MACL
