ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

ކ. ގުރައިދޫ / ފޮޓޯ: ގުރައިދޫ ވެބްސައިޓް
ކ. ގުރައިދޫ / ފޮޓޯ: ގުރައިދޫ ވެބްސައިޓް

ކ. ގުރައިދޫގައި ދެމީހެއްގެ ދެމެދުގައި ހިނގި ނުރައްކާތެރި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ، މާރާމާރީގައި ޒަހަމްވި މީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިހާރު ވަނީ އެކަކު ހައްޔަރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.