ސަޢުދީގެ އެފްއައިއައި މަހާސިންތާގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ދެނީ
ސަޢުދީ ޢަރަބިއްޔާއިން ބާއްވާ ޚާއްޞަ އިންވެސްޓްމަންޓް މަހާސިންތާ، ފިއުޗާ އިންވެސްޓްމަން އިނިޝިއޭޓިވް (އެފްއައިއައި) ގައި މާލަމަށް ހާޒިރުވެގެންނާއި އިންޓަނެޓު މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
މި އަހަރުގެ އޮކްޓޯބަރު 26 އިން 29 އަށް ރިޔާޟްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ދޭން ނިންމާފައިވަނީ، ޔަމަނުގެ ޙޫޘީން ސަޢުދީގެ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން މި މަހުގެ 10 ވަނަ ދުވަހު ރިޔާޟްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދިން ހަމަލާއެއްގައި 13 މީހުން މަރުވެފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަޢުދީގެ ޤައުމީ ތެޔޮ ކުންފުނި، އަރާމްކޯގެ އޮފީސް އިމާރާތަކަށް ވެސް ޙޫޘީން ވަނީ ހަމަލާދީފައެވެ. ނަމަވެސް އަރާމްކޯއަށް ދިން ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
Ads by BMLމި ފަދަ ހަމަލާތަކެއް ކުރިމަތިވަމުންދިޔަ ނަމަވެސް މަހާސިންތާ ކުރިއަށްދާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. އެފްއައިއައި އިންސްޓިޓިއުޓްގެ ސީއީއޯ އާއި ޗެއާމަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 10 ވަނަ އެފްއައިއައި މަހާސިންތާއަށް ދަތުރުކުރާ އެތައް ހާސް މަންދޫބުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ އިސް ވާޖިބު ކަމަށެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ބައެއް ބައިވެރިން ރިޔާޟް ނޫން އެހެން ވައިގެ ބަނދަރުތައް މެދުވެރިކޮށް ސަޢުދީއަށް ދަތުރުކުރުމަށް ނިންމާފައިވާއިރު، އަނެއްބައި ބައިވެރިން ގަލްފުގެ އެހެން ޤައުމުތަކަށް ވައިގެ މަގުން ގޮސް، އެއްގަމު މަގުން ސަޢުދީއަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.
Ads by MACL
