ކާބޯތަކެތީގެ ވަކި ބާވަތްތަކެއް ރާއްޖޭގައި ހައްދައި ބާޒާރަށް ނެރުމަކީ ސަރުކާރުގެ ޢަމާޒެއް: ރައީސް
ސަރުކާރުން އެކަށައަޅާފައިވާ ކާބޯތަކެތީގެ ވަކި ބާވަތްތަކެއް، އިމްޕޯޓްކުރުމާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި، ބާޒާރަށް ނެރެވޭނެ މަގުފަހިކުރުމަކީ ސަރުކާރުގެ ބޮޑު ޢަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
17 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވަނީ، ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށާއި ދަނޑުވެރި ޢާއިލާތަކަށް، އަދި މި ސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
https://twitter.com/MMuizzu/status/2110572549042291121
Ads by BMLދަނޑުވެރިކަމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ މުހިންމު ދައުރު ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެކެވެ. އަދި ބޭރުން ތަކެތި އެތެރެކުރާ މިންވަރު (އިމްޕޯޓް) ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ރާއްޖޭގައި ތަކެތި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރަންޖެހޭކަން މިއަދު ހަނދާންކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދަނޑުވެރިކަން ފުޅާވުމަކީ ޤައުމުން ބޭރުވާ ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެގެންދާނެ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ދަނޑުވެރިންނަށް ނަފާ ހޯދައިދިނުން
ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ މި މަޤްޞަދު ޙާޞިލުކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. އަދި ދަނޑުވެރިންނަށް ކުރާ ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށައިދިނުމުގެ މުހިންމު މަސައްކަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އެމަނިކުފާނުގެ ސާބިތު ޢަޒުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް މި ދުވަސް ފާހަގަކުރަމުން އަންނައިރު، މިއަހަރު މި ފާހަގަކުރަނީ 17 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހަށް ކަނޑައަޅާފައިވާ ޚާއްޞަ ޝިއާރަކީ "އީޖާދުން، މާދަމާގެ ދިރުން" މިއެވެ.
Ads by MACL
