ބިރުވެރިކަން އޮތްކަމަށް ބަލައި، ގަތަރުން އެ ޤައުމުގެ ވައިގެ ސަރަޙައްދު ވަގުތީ ގޮތުން ބަންދުކޮށްފި
ސަރަޙައްދުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ޤަތަރުން ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ގަތަރުގެ ވައިގެ ސަރަހައްދު ބަންދު ކުރީ އިރާނުގެ ނިއުކްލިއަރ ތަންތަނަށް ދެވުނު ހަމަލާތަކާ ގުޅިގެން އެމެރިކާއިން ބަދަލުހިފުމުގެ އިންޒާރު އިރާނުން ދީފައިވާ އިންޒާރުތައް ތަކުރާރުކުރުމާއި ގުޅިގެންނެވެ.
މީގެ ކުރިން، ޤަތަރުގައި ހުރި އެމެރިކާ އަދި ޔޫކޭގެ އެމްބަސީތަކުން އެ ޤައުމުގައި ތިބި އެ ޤައުމުތަކުގެ ރައްޔިތުންނަށް ވަކި އެއްޗެއް އަންގަންދެން ރައްކާތެރި ތަނެއްގައި މަޑުކުރުމަށް އިރުޝާދު ދީފައިވެއެވެ.
Ads by BMLއަދި ޤަތަރުގެ އެތައް ސްކޫލުތަކެއް މާދަމާއަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
Ads by MACL
