އިރާނުން، ބަދަލުހިފުމުގެ ގޮތުން އެމެރިކާ އަސްކަރީ މަރުކަޒަށް ހަމަލާދިނުމަކީ ގޯހެއް، އެކަން ކުއްވެރިކުރަން: ސައުދީ
ގަތަރުގައި އެމެރިކާއިން ގާއިމްކޮށްފައިވާ އަސްކަރީ ބޭހަށް އިރާނުން ދިން ހަމަލާ ސައުދި އަރަބިއްޔާއިން ކުއްވެރިކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގަތަރުގެ އަލް އުދީދު އެއާ ބޭސްއަށް އީރާނުން ދިން މިސައިލް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަން ފާހަގަކޮށް ސައުދީން ނެރުނު ކުރު ބަޔާނުގައި ބުނީ ގަތަރުގެ އެއްބަނޑު އެއްބަފާ ދައުލަތާ އެކު ސައުދީން ސާބިތުކަމާއި އެކު އޮތް ކަމަށެވެ.
Ads by BML
Ads by MACL
