ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހޯމުޒް ކަނޑުއޮޅީގައި އީރާނުން ހަމަލާދީ ފެއްތި ބޯޓުގެ އަގުބޮޑު މުދާތައް މަސްވެރިންނަށް, އައިފޯން 18 ވެސް ހިމެނޭ!

ހޯމުޒް ކަނޑުއޮޅިއަށް ސިންކުވި "ޖީއެފްއެސް ބްރައިޑް" ކޮންޓޭނަރ ބޯޓު
/ ފޮޓޯ: ވައިރަލް ފުޓޭޖް
ހޯމުޒް ކަނޑުއޮޅިއަށް ސިންކުވި "ޖީއެފްއެސް ބްރައިޑް" ކޮންޓޭނަރ ބޯޓު / ފޮޓޯ: ވައިރަލް ފުޓޭޖް

ހޯމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދަނިކޮށް އީރާނުގެ އަސްކަރީ ހަމަލާތަކެއް އަމާޒުވެ، ސިންކުވި ކޮންޓޭނަރ ބޯޓުން އުފުލި އަގުބޮޑު މުދާތަކެއް އެ ސަރަހައްދުގެ މަސްވެރިންނަށް ހޮވިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ރިޕޯޓުތައް ބުނާގޮތުން، އީރާނުގެ ވަރުގަދަ ހަމަލާތަކަށްފަހު އެ ބޯޓު ކަނޑުގެ އަޑިއަށް ދިޔަ ނަމަވެސް، ބޯޓުގައި ހުރި ބައެއް ކޮންޓޭނަރުތައް ފަޅައިގެން ގޮސް، އޭގެ ތެރޭގައި ހުރި އަގުބޮޑު ބްރޭންޑްތަކުގެ ސެންޓާއި ކޮލޯން ފުޅިތައް ވަނީ ކަނޑުގެ ލޮނގަނޑުމައްޗަށް ފެތުރިފައެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ލޯކަލް މަސްވެރިންނަށް މި ތަކެތި ފެނިގެން މިހާރު ވަނީ ނަގަން ފަށާފައެވެ.

މޫދު މައްޗަށް ބައެއް މުދާ ފެތުރިފައިވާއިރު، އެ ބޯޓަކީ ބައިނަލްއަގުވާމީ މާކެޓަށް ގެންދިޔުމަށްޓަކައި އެޕަލް ކުންފުނީގެ އެންމެ ފަހުގެ "އައިފޯން" ސްމާޓްފޯންތަކުގެ ބޮޑު ޝިޕްމަންޓެއްވެސް އުފުލަމުންދިޔަ ބޯޓެއްކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް، މި ފޯނުތައް ހުރި ކޮންޓޭނަރުތަކަށް ވީގޮތެއް އަދި ސާފެއް ނުވެއެވެ.

މި ހަމަލާއާ ގުޅިގެން، ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް ކަނޑުގެ މަގުކަމަށްވާ ހޯމުޒް ކަނޑުއޮޅީގެ ސަލާމަތީ މަސްރަހު މިހާރު ވަނީ އިންތިހާއަށް ހޫނުވެފައެވެ. އަދި ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށް މީގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ، ބޮޑެތި ބާރުތަކުން ދަނީ މި ސަރަހައްދުގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ.