ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިރާނާއިއެކު ކުރަމުންދާ ހަނގުރާމަ ނިންމާލުމުގެ ވިސްނުން އިސްރާއީލުން ކުރަމުންދާކަމުގެ އަޑުތަކެއް

އިރާނާއިއެކު ކުރަމުންދާ ހަނގުރާމަ ނިންމާލުމުގެ ވިސްނުން އިސްރާއީލުން ކުރަމުންދާކަމުގެ އަޑުތަކެއް

އިރާނާއިއެކު ކުރަމުންދާ ހަނގުރާމަ ނިންމާލުމުގެ ވިސްނުން އިސްރާއީލުން ކުރަމުންދާކަމުގެ ހަބަރު ބޭރުގެ މީޑިއާ ތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

އިސްރާއީލުގެ އޮފިޝަލުން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިންމާލުމަށް ޓެލްއަވީވް އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިސްރާއީލުގެ ރަސްމީ ޓީވީއާއި ހަވާލާދީ އޮފިޝަލުން ބުނަމުންދަނީ ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އިސްރާއީލަށް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އިތުރަށް ހަނގުރާމަ ކުރިއަށް ގެންދާނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކުރިމަތި ވެދާނެކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނަމުންދާ ކަމަށެވެ.