ހަނގުރާމަ ހުއްޓާލާ ވާހަކައަކީ ދޮގެއް، އިސްރާއީލަށް ހެނދުނު އަލިވިލުނީ އިރާނުގެ މިސައިލްތަކުން
އިސްރާއީލުން ހަނގުރާމަ ހުއްޓާލާ ވާހަކަ އަދި ނުދައްކާ ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުން ހަނގުރާމަ ހުއްޓާލާކަމުގެ އެެއްވެސް ނިޝާނެއް ފެންނަން ނެތެވެ. އެގޮތުން މިއަދު ހެނދުނުވެސް އިރާނުންވަނީ އިސްރާއިލަަށް މިސައިލްތަކެއް ފޮނުވާލާފައެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ މިހާތަނަށް ހަނގުރާމަ ހުއްޓާލުމާ ގުޅޭ "އެއްބަސްވުމެއް" ނެތް ކަމަށެވެ.
Ads by BMLތަފްސީލް…..
Ads by MACL
