ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަންނީ މައްސަލައަކާ އެކު އިޓަލީގެ އެއާ ޓްރެފިކް ކޮންޓްރޯލް ހަލާކުވެ، އެތައް ސަތޭކަ ފްލައިޓެއް ތާށިވެއްޖެ!

އިޓަލީގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ރޯމްގެ ފިއުމިސީނޯ އެއާޕޯޓް / ފޮޓޯ: ރޮއިޓާސް
އިޓަލީގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ރޯމްގެ ފިއުމިސީނޯ އެއާޕޯޓް / ފޮޓޯ: ރޮއިޓާސް

އިޓަލީގެ ގައުމީ އެއާ ޓްރެފިކް ކޮންޓްރޯލް ޑޭޓާ ޓްރާންސްމިޝަން ނެޓްވޯކަށް ދިމާވި ކުއްލި ފަންނީ މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ވައިގެ ސަރަހައްދުގެ އޮޕަރޭޝަނަލް ކެޕޭސިޓީ 50 އިންސައްތައަށް ދަށްވެ، ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ.

މި ހާދިސާގެ ސަބަބުން އިޓަލީގެ މައި އެއާޕޯޓްތަކުގައި ފުރުމާއި ޖެއްސުމުގެ ހިދުމަތްތަކަށް ބޮޑެތި މަޑުޖެހުންތަކެއް އައިސް، ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ޝެޑިއުލްއަށްވުރެ ބޮޑުތަނުން ލަސްވެފައެވެ. އަދި ވައިގެ ސަރަހައްދުގައި އޮޕަރޭޓް ކުރެވޭ ފްލައިޓްތަކުގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރަން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ބައެއް ފްލައިޓްތައް މުޅިން ކެންސަލް ކުރަންވެސް ވަނީ މަޖުބޫރުވެފައެވެ.

މި މައްސަލައިގެ ސަބަބުން އެ ގައުމުގެ ބޮޑެތި އެއާޕޯޓްތަކުގައި އެތައް ސަތޭކަ ފްލައިޓެއް ތާށިވެ، ދަތުރުވެރިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ އިރު، ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ނެޓްވޯކްގެ މި ފަންނީ މައްސަލަ ހައްލުކޮށް، ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އަލުން އާންމު ހާލަތަކަށް ގެނައުމަށްޓަކައި އަވަސް މަސައްކަތްތަކެއް ކުރަމުންނެވެ.