ކުޅުދުއްފުށީގައި ހިންގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ބިނދި، 3 މީހަކަށް އަނިޔާވެއްޖެ
ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހި ހިންގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ބިނދި، ޖުމްލަ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުމަތިން ސައިކަލެއް އަނބުރާލި ވަގުތު، ބާރު ސްޕީޑުގައި އައި އަނެއް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އޭގައި ޖެހިގެންނެވެ.
މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ އަނބުރާލި ސައިކަލުގައި އިން އަންހެން މީހާއަށެވެ. އޭނާގެ އެއް ފައި ބިނދިފައިވާއިރު، ހަށިގަނޑުގެ އެކި ތަންތަނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
Ads by BMLމީގެއިތުރުން، އަނެއް ސައިކަލުގައި ތިބި ފިރިހެން މީހާއަށާއި 17 އަހަރުގެ ކުއްޖާއަށްވެސް ވަނީ އަނިޔާވެފައެވެ. ސައިކަލު ދުއްވަން އިން ފިރިހެން މީހާގެ މޫނުމައްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލަށްވެސް ވަނީ އެކިވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
Ads by MACL
