ބްރިޖް ހައިވޭގައި ޑިއުޓީިކުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
ސިނާމާލެ ބްރިޖު ހައިވޭގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ޖެހި، އެ ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ރޭ ފަތިހު 4:29 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލާއި، ސައިކަލު ދުއްވަން ހުރި މީހާއާ ގުޅޭ މައުލޫމާތު ފުލުހުން އަދި އާންމުކޮށްފައެއް ނުވެއެވެ.
މާލެއިން ހުޅުމާލެއަށް ބާރަށް ދުއްވާފައި ދިޔަ މި ސައިކަލު، އެކްސިޑެންޓްވި ވަގުތު ހައިވޭގައި ތިބި ފުލުހުން ވަނީ ހުއްޓުވާފައެވެ.
Ads by BMLމި ހާދިސާ ހިނގުމުގެ ކުރިންވެސް ރޭގެ ވަރަށް ގިނައިރުތަކެއް ވަންދެން މާލޭގެ ބޮޑުތަކުރުފާނު މަގާއި ހައިވޭގެ އިތުރުން ހުޅުމާލޭގެ މައި މަގުތަކުގައި ބެރިކޭޑް ޖަހައިގެން ވެހިކަލްތައް ޗެކްކުރުމުގެ ހާއްސަ ހަރަކާތްތަކެއް ފުލުހުން ވަނީ ހިންގާފައެވެ.
މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރިކޮށް ވެހިކަލްތައް ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ފުލުހުން މިހާރު ވަނީ މަގުމަތީގެ ސުޕަވިޜަން ވަރުގަދަކޮށް ޓްރެފިކް ބެލެހެއްޓުމުގެ އުސޫލުތަކަށް އިތުރަށް ސަމާލުކަން ދޭން ފަށާފައެވެ.
Ads by MACL
