ލޯންޗަކާއި ޑިންގީއެއް ޖެހި ކަނޑުމަތީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޑިންގީ ގެއްލިގެން ހޯދަން ފަށައިފި
ޅ މަޑިވަރު އެއާޕޯޓާއި ދިމާލުން ލޯންޗަކާއި ޑިންގިއެއް ޖެހި ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވެފައިވަނީ ކަނުހުރާ ރިސޯޓުގެ ލޯންޗަކާއި ޅ ހިންނަވަރު ޑިންގީއެކެވެ.
ފުލުހުން ވިދާޅުވީ ޑިންގީގައި ތިބި 3 މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ގެއްލުނު ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާޢި، އަދި ފެނިފައިވާ ނުވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެކްސިޑެންޓަށް ފަހު ޑިންގީ އަޑިއަށް ދިޔަކަމަށް ލަފާކުރެވޭ ކަމަށެވެ.
Ads by BMLމަޢުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި ހިމެނޭ ޑިންގި ވަނީ އަޑިޔަށްގޮސްފައެވެ. ފުލުހުން ވިދާޅުވީ ޑިންގި އަދިވެސް ނުފެންނަކަމަށެވެ. މި ހާދިސާގައި 3 މީހަކަށް އަނިޔާވެގެން ފަރުވާދެމުންދާކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
ފުލުހުން ވިދާޅުވީ ޑިންގިއަކީ ހިންނަވަރަށް ނިސްބަތްވާ ޑިންގީއެކެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތަށް ބަލާއިރު، އެކްސިޑެންޓްވެފައިވަނީ ހިންނަވަރު ޑިންގީއަކާއި ކަނުހުރާ ރިސޯޓެއްގެ ލޯންޗަކާ ޖެހިގެންނެވެ.
Ads by MACL
