ކުއްލި ޙާލަތްތަކަށް ތައްޔާރުވުމުގެ ބޮޑު ހަރަކާތެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި: އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފި
ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ޢާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިމަޖެންސީ ޙާލަތްތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްޞަ ފަރިތަކުރުމުގެ ހަރަކާތެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގައި މިއަދު ފަށައިގެން ކުރިއަށް އެބަދެއެވެ.
މި ހަރަކާތާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ، މި ދަނޑިވަޅުގައި ވާނުވާ ބެއްލެވުމަށް ނުވަތަ ކުޅިބަލަން ހޮސްޕިޓަލް ހިމެނޭ ސަރަޙައްދަށް އެއްވެސް ފަރާތަކުން އެއްވެ ނޫޅުމަށް ދިވެހި ރައްޔިތުންނަށާއި ޢާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ހޮސްޕިޓަލުގެ ކުއްލި ފަރުވާދޭ ކޮޓަރި ހިމެނޭ މުޅި ސަރަޙައްދު ބާރުކުޑަކޮށް، ބަލިމީހުން އުފުލުމަށާއި އެމްބިއުލަންސްތަކުގެ ދަތުރުފަތުރަށް ފަސޭހަވާނޭހެން ހުސްކޮށް ބޭއްވުމަށްވެސް ހޮސްޕިޓަލުން ބާރުއަޅާފައިވެއެވެ.
ހޮސްޕިޓަލުގެ އިދާރާއިން ފާހަގަކުރާ ގޮތުގައި، މިފަދަ ފަރިތަކުރުންތަކަކީ ކުއްލި ނުރައްކަލުގެ ވަގުތުތަކުގައި މުވައްޒަފުންގެ ތައްޔާރުވުން އިތުރުކޮށް، ޢާންމުންގެ ސަލާމަތްތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށްޓަކައި ހިންގަންޖެހޭ މުހިންމު ހަރަކާތްތަކެކެވެ. ވީމާ، މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުޅުދުއްފުށި ސިޓީގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.
Ads by BMLމި ދަނޑިވަޅުގައި ޢާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހޭލުންތެރިކަމާއި އިޚްލާޞްތެރި އެއްބާރުލެއްވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
Ads by MACL
