އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯ ހޮވުން އާންމުންގެ އަތްމައްޗަށް: އެންމެ ރީތި ފަރުމާއަކަށް 60،000 ރުފިޔާ
ސަރުކާރުން ކުރިއަށްގެންދާ "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު"ގެ ރަސްމީ ލޯގޯ ކަނޑައެޅުމުގެ ފަހު މަރުހަލާގައި އާންމުންގެ ޚިޔާލު ހޯދުމުގެ ގޮތުން ވޯޓުލުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. މި މުބާރާތުން އެންމެ ފުރިހަމަ ލޯގޯއެއް ފަރުމާކޮށްގެން އެއްވަނައަށް ހޮވޭ ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި މަޝްރޫއުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 22 ހުށަހެޅުމެއް ލިބިފައިވެއެވެ. އޭގެ ތެރެއިން ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކުރުމަށްފަހު، އެންމެ ފާހަގަކޮށްލެވޭ 10 ލޯގޯއެއް ވަނީ އާންމުންގެ ވޯޓަށް ޝޯޓްލިސްޓް ކުރެވިފައެވެ.
ޝޯޓްލިސްޓް ކުރެވުނު 10 ލޯގޯގެ ތެރެއިން އެންމެ ކަމުދާ ފަރުމާއަކަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 'ޕީއެސްއެމް އެއަރ' މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ވޯޓުލުން ކުރިއަށްދާނީ މި ހިނގާ އޮކްޓޯބަރު މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 12:00 އާ ހަމައަށެވެ.
Ads by BML"އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު"އަކީ ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ރީތި އާދަ އަށަގަންނުވައި، އަޚްލާޤީ މިންގަނޑުތައް ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ބިޔަ މަޝްރޫއެކެވެ.
Ads by MACL
