ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

27 އަހަރު ގައުމަށް ޚިދުމަތް ކުރުމަކީ ކުޑަ ކަމެއްނޫން، ވަކިވެ ދިޔައީވެސް ގައުމީ ޚިދުމަތުގައި، ފުރާނަފުޅަށް ހެޔޮ ރަހުމަތް ލައްވާށި!

27 އަހަރު ގައުމަށް ހިދުމަތްކުރި ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު: ފޮޓޯ: ދިވެހި ސިފައިން
27 އަހަރު ގައުމަށް ހިދުމަތްކުރި ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު: ފޮޓޯ: ދިވެހި ސިފައިން

މިއަދު އިރުއަރައިގެން ޝޮކެއް ގެނުވި ހަބަރަކީ ދިވެހި ސިފައިންގެ ކުންފުނި ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާއާއި އެކުއެވެ.

ބަންޑުން ޖަހާލުމާއިއެކު އޭގެން ދަތުރުކުރި ފަޅުވެރިން ގެއްލިގެން ހޯދަމުން އަންނަ ކަމަށް ސިފައިން އިއުލާން ކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި 27 އަހަރު ގައުމަށް ހިދުމަތްކުރި ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ވަނީ ނިޔާވެފައެވެ.

ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައެވެ.

ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުންއެދި ދުޢާ ކުރަމެވެ.

މިހާދިސާގައި އިތުރު 4 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.