އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް 7 ވަނަ ފަހަރަށް ހޯދުމުގެ ފުރުޞަތު ރާއްޖެއަށް ލިބިއްޖެ
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވެލް އެވޯޑްސް ގެ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑަށް މިއަހަރުވެސް ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
https://twitter.com/visitmaldives/status/2111439991465549825
Ads by BMLމިއީ ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލަށްދޭ މި ޝަރަފުވެރި އެވޯޑް ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ހޯދުމަށް ރާއްޖެއިން ވާދަކުރާ އަހަރެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި އެވޯޑަށް މިއަހަރު ވޯޓުލުމުގެ ފުރުޞަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި އެވޯޑްގެ ތާރީޚަށް ބަލާއިރު:
• 2020: "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް އެންމެ ފުރަތަމަ ލިބުނު އަހަރު.
• 6 ފަހަރު ޖެހިޖެހިގެން: ފާއިތުވި ހަ އަހަރުވެސް ރާއްޖެއިން ވަނީ ބޮޑެތި ޤައުމުތަކާ ވާދަކޮށް މި އެވޯޑް ކާމިޔާބުކަމާއެކު ދިފާޢުކޮށްފައެވެ.
ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، އަދި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބައިނަލްއަޤްވާމީ އެވޯޑެކެވެ. ރާއްޖެއިން ވަނީ މީގެކުރިންވެސް މި އެވޯޑްސްގެ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ އެވޯޑްތަކެއް ކާމިޔާބުކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ ޗާޓުގައި ރާއްޖޭގެ ނަން ރަންއަކުރުން ފަވާފައެވެ.
Ads by MACL
