ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްދޫގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލާއެކު 9 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ހިންގާ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ހިންގާ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

އއ. ރަސްދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރުކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ސިލްސިލާ ހަރަކާތެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ރަސްދޫގެ 10 ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. މި ފާސްކުރުންތަކުގެ ތެރެއިން މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. ހައްޔަރުކުރި މީހުންގެ ތަފްޞީލާއި ކޯޓުން އެ މީހުންގެ ބަންދަށް ދިން މުއްދަތު ތިރީގައި މިވަނީއެވެ.

10 ދުވަހުގެ ބަންދެއް ދީފައިވާ މީހުން:
• އިބްރާހީމް ދިނާން (30އ) - ހަވާމަންޒިލް / އއ. ރަސްދޫ
• ޢަލީ ވަސީމް (44އ) - ކާރނޭޝަންމާގެ / އއ. ރަސްދޫ
• ރިމާޒު މުޙައްމަދު (29އ) - ހިކިފިނިފެންމާގެ / އއ. ތޮއްޑޫ
• މެހެދީ ހަސަން (27އ) - ބަންގްލަދޭޝް

7 ދުވަހުގެ ބަންދެއް ދީފައިވާ މީހުން:
• އަޙްމަދު އިކުލީލް (37އ) - ފެހިވިނަ / އއ. ރަސްދޫ

5 ދުވަހުގެ ބަންދެއް ދީފައިވާ މީހުން:
• މުޙައްމަދު ޢުލްވާން ރަޝީދު (21އ) - ލިލީމީޑް / އއ. ރަސްދޫ
• އަޙްމަދު ޢަރީފު (37އ) - ގުލްދަސްތާގެ / އއ. ރަސްދޫ
• އަޙްމަދު މުޙައްމަދު (44އ) - ކާރނޭޝަންމާގެ / އއ. ރަސްދޫ

3 ދުވަހުގެ ބަންދެއް ދީފައިވާ މީހުން:
• ލީނާ މޫސާ (23އ) - ވިދުވަރުގެ / ހދ. ކުމުންދޫ

މި އެންމެންނަކީވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު ޖަހާފައިވާ މީހުންނެވެ. މި ބޮޑު މައްސަލަ އއ. އަތޮޅު ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.