ރަސްމާލެ މަޝްރޫޢާ ގުޅޭ ދިރާސާގެ ނަތީޖާއާ ބެހޭގޮތުން އަދަދު ނޫހުން ފެތުރީ ދޮގު ޚަބަރެއް: ޢިލްމުވެރިން
ރަސްމާލެ މަޝްރޫޢު ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް ޢިލްމުވެރީންގެ ގުޅުމުން ތައްޔާރުކުރި ތަޙުޤީޤީ ދިރާސާއެއްގައި ބުނެފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް އެ ހަރަކާތަށް ނިސްބަތްވާ ބައެއް އިލްމުވެރިން ބުނެފިއެވެ.
އެ ހަރަކާތުގައި ހިމެނޭ ދީނީ ޢިލްމުވެރީން މަޢުލޫމާތު ދެއްވާ ގޮތުގައި، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އެ ގުޅުމުން ކުރިއަށްގެންދާ ދިރާސާގެ މަސައްކަތް އަދިވެސް ނިމިފައެއް ނުވެއެވެ. އަދި ދިރާސާގެ މަސައްކަތް ނުނިމެނީސް، އެ ދިރާސާގެ ނަމުގައި ޙަޤީޤަތެއް ނެތް މަޢުލޫމާތު ފެތުރުން އެ ބޭފުޅުން ވަނީ ހަރުކަށިޢިބާރާތުން ކުށްވެރި ކުރައްވާފައެވެ.
އިދިކޮޅު ފަރާތްތަކާއި އެފަރާތްތަކުން ފަންޑުކޮށްގެން ހިންގާ މީޑިއާތަކުން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ދޮގު މަޢުލޫމާތު ފެތުރުން އާންމުވެފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، ރަސްމާލެ މަޝްރޫޢުގެ ހުރިހާ މަޢުލޫމާތެއްވެސް ދެފުށް ފެންނަ ގޮތެއްގައި އާންމުންނަށް ހާމަކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.
Ads by BMLމީގެއިތުރުން، އެ މަޝްރޫޢުގެ ދަށުން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުހިންގާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭނެ ގޮތް ހެދުމުގެ އިތުރުން، އިސްރާއީލްގެ މީހުންނަށް އެއްވެސް ޕްރޮޕަޓީއެއް ނުވިއްކޭނެކަން ކަށަވަރު ކުރާނެ ކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.
Ads by MACL
